Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

‫ތިމާވެށި‬

‫ޞލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަން‪،‬‬


‫ﷲސުބްޙާނަހޫވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން‪ީ .‬ކރިތި ރަސޫލާއަށް ަ‬
‫މިދުޢާގައި އެކަލޭގެފާނުގެ ާއލުއަޞްޙާބުން ހިމަނަން‪.‬‬

‫ސްކޫލްގެ ިއއްޒަތްތެރިވެރިން‪ ،‬ލޮބުވެތި ުމދައްރިސުން‪ި ،‬އންސާފުވެރި ފަނޑިޔާރުން‪ެ ،‬އކުވެރި ކިޔަވާކުދިން‪ ،‬އަޅުގަނޑުގެ‬


‫ވާހަކަ އަޑުއައްސަވަން ތިއްބެވި ެއންމެހައި ބޭފުޅުން‪ަ .‬އއްސަލާމްއަލައިކުމް‪.‬‬

‫ޞއްޙަތެއްގައި އޭނާ ެގ‬ ‫ި‬ ‫ﷲތަޢާލާ މިކާއިނާތު ލައްވާފައިވަނީ އިންސާނާއަށް ހިތްހަމަޖެހިގެން އުފާވެރި ދުޅަހެޔޮ‬
‫ޙަޔާތްވޭތުކުރެވޭނޭ ނިޒާމްތަކެއް ލައްވާފައި‪ .‬ފެހިކުލައިގެ ހިތްގައިމުކަމާއި‪ ،‬ވެށީގެ ސާފުކަމާއި މާހައުލުގެ ހަމަހިމޭންކަމާއި ވައިގެތާޒާކަމާއި‬
‫މޫސުމުގެ ފިނިހޫނުމިން ެއއްވަރުވުމާއި‪ ،‬މިނިވަން ޖައްވެއްގައި ދިރިއުޅުމަކީ އިންސާނީ ތަބީޢަތުގައި އެކަންކަމަށް ދަހިވެތިވުން‬
‫ލައްވާފައިވާ ކަންތައްތަކެއް‪ .‬ހަމަކޮންމެމީހަކުވެސް މިކަންތައްތަކަށް އެދޭނެ‪ .‬ނަމަވެސް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން‬
‫މިދެންނެވި އެންމެހައި ބޭނުންތަކުން ައޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ފަހުގެ ީޖލުތައް މިވަނީ ަމޙްރޫމްވެފައި‪ .‬ތަރައްޤީގެނަމުގައި‬
‫ކުރަމުންއައި ކަންތައްތަކުގެ ސަބަބުން ތިމާވެއްޓަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ައއިސްފައި‪ .‬މިއަދު އަޅުގަނޑު ވާހަކަދައްކަން‬
‫ހަމަޖެހިފައިވާ މައުޟޫއަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް‪ .‬ޝައްކެއްނެތް ތިމާވެށީގެގޮތުން ދުނިޔެ މިއޮތީ ވަރަށް ނާޒުކު‬
‫ަފއްތަރެއްގައިކަން ސައިންސްވެރިން ދަނީ ިއންޒާރުދެމުން‪ .‬ކަނޑުގެ ލޮނުގަނ ުޑ ުއފުލި‪ ،‬ދުނިޔޭގެ ެއތައް ޤައުމެއް ކަނޑުގެ އަޑިއަށް‬
‫ޣރަޤުވެގެންދާނޭކަމަށް ބުނަމުން‪ .‬މިދެންނެވި ޤައުމުތަކުގެ ލިސްޓުގެ އެންމެކުރީގައިވަނީ އަޅުގަނޑުމެންގެ މިދިވެހިރާއްޖެކަން‬ ‫ަ‬
‫ހިތާމައާއެކު ާފހަގަކުރަން‪ .‬ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ައންނަމުންދާކަން އަޅުގަނޑުމެންގެ ލޮލަށްވެސް މިދަނީ ފެންނަމުން‪ .‬ދުނިޔެ‬
‫ހޫނުވާ ވާހަކައާއި ފަރުފަރާއި ގިރިގިރިތައް ހަލާކުވެ މަރުވަމުންދާ ވާހަކައާއި ރަށްގިރަމުންދާ ވާހަކައާއި ބިމުގެ ފެންފަށަލަ‬
‫ތަޣައްޔަރުވަމުންދާ ވާހަކައާއި ބިންގަނޑުގެ ބާރުކެނޑި ބިމުގެ ދިރުން ނެތެމުންދާ ވާހަކަތަކަކީ މިއީ ތޯތޯވާހަކައެއްނޫން‪ .‬މިއީ މިއަދު‬
‫ައޅުގަނޑުމެން އެންމެންވެސް ަތޖުރިބާކުރަމުންދާ ކަންތައްތައް‪.‬‬

‫ައޅުގަނޑުމެން ކުރީގައި ދެކެމުންއައި ެފހި މާހައުލު މިވަނީ ހަނަފަސް ސަހަރާތަކަކަށް ބަދަލުވެފައި‪ .‬ސާފު ނޫކުލައި ެގ‬
‫ވިލުތަކާއި މޫދުތައްވަނީ ކަނޑަށް އެޅެމުންދާ ެތލާއި ުކނިބުނީގެ ސަބަބުން ކިލަނބުވެފައި‪ .‬ބިމުގެ ބޮޑުމިނަށް ނުބަލައި ިއތުރުކުރަމުން‬
‫ދިޔަ ާއބާދީގެ ސަބަބުން ިތނޯހަކަށްވެސް އިތުރަށް ޖާގައެއް ދެވެން ނެތްވަރަށް އަޅުގަނޑުމެންގެ ބިންތައްވަނީ ފުރިބާރުވެފައި‪.‬‬

You might also like