Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

‫ނޫސް ބަޔާން‬

‫ތ‪.‬ވޭމަންޑޫ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއާގުޅޭ‪:‬‬

‫‪ 24‬ފެބްރުއަރީ ‪ 2021‬ވަނަ ދުވަހު ތ‪ .‬ވޭމަންޑޫ އިންޖީނުގޭގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ޙާދިސާއާ ގުޅިގެން‪ ،‬އެވަގުތުން ފެށިގެން އެކަމުން‬
‫ލބުވެތި‬‫އަރައިގަތުމަށް‪ ،‬ފޫހިކަމެއް ވަރުބަލިކަމެއް ނެތި‪ ،‬ހިތްވަރާއި އިޚްލާޞްތެރި ކަމާއެކު‪ި ،‬މ ުކންފުނީގެ މުވައްޒަފުންނާ ބައިވެރިވެ އެރަށު ކުދިބޮޑު އެންމެހައި ޮ‬
‫ރައްޔިތުން ދައްކުވައި ދެއްވާފައިވަނީ‪ ،‬ލާމަސީލު ނަމޫނާއެއް‪ .‬ކުންފުނީގެ ތާރީޚުގައި‪ި ،‬މފަދަ ބޮޑު ޙާދިސާއަކުން އެންމެ އަވަސް މިނުގައި އަރައިގަނެ‪،‬‬
‫ރައްޔިތުންނަށް ޚިދުމަތް އިޢާދަ ޮކށްދެވިފައިވަނީ‪ ،‬އެ ނަމޫނާއާއި ެކތްތެރިކަމާއި‪ ،‬އެކުވެރިކަމާއި‪ ،‬އެއްބައިވަންތަކަމުން‪ ،‬އެކެއް އަނެކެއްގެ ިކބައިން ހިތްވަރު‬
‫ލބިގެން ުކރެވުނު ފުރިހަމަ މަސައްކަތުގެ ނަތީޖާއިންކަން ަކށަވަރު‪.‬‬‫ި‬

‫އެހެންކަމުން‪ ،‬އެކަމަށްޓަކާ ތ‪ .‬ވޭމަންޑޫގެ ކުދިބޮޑު އެންމެހައި ލޮބުވެތި ރައްޔިތުންނަށް ކުންފުނީގެ ެމނޭޖްމަންޓާއި އެންމެހައި މުވައްޒަފުން އަދި އަޅުގަނޑު ެގ‬
‫އަމިއްލަ ނަމުގައި ނުހަނު އިޚްލާޞްތެރި ަކމާއެކު ޝުކުރު ދަންނަވަން‪ .‬އަދި ރައްޔިތުން ކުންފުންޏާމެދު ބެހެއްޓެވި ގާތްކަމާއި‪ ،‬މަސައްކަތް ކުރުމަށް ކުންފުނިން‬
‫ލބުވެތި ރައްޔިތުންނަށް ޝުކުރު‬ ‫ރަށަށްދިޔަ އެންމެހައި މުވައްޒަފުންނަށް ދެއްވި ފުރިހަމަ ެމހެމާންދާރީގެ އަގު ވަޒަންކޮށް‪ ،‬އެކަމަށްޓަކާވެސް ވޭމަންޑޫގެ ޮ‬
‫ދަންނަވަން‪ .‬ހަމަ މިއާއެކު‪ ،‬މި ޙާދިސާއާ ގުޅިގެން‪ ،‬ރައްޔިތުންނަށް އަވަސް ަމގުން ޚިދުމަތް އިޢާދަކޮށްދިނުމަށް ކުރަންޖެހޭ ަމސައްކަތްތައް ުކރުމަށް‪،‬‬
‫ލފާފުޅުތަކަށްޓަކައި އެމަނިކުފާނަށްވެސް ނުހަނު‬ ‫ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‪ ،‬ކެނޑިނޭޅި ދެއްވަމުން ެގންދެވި އަގުހުރި އިރުޝާދާއި ަ‬
‫އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން‪ީ .‬މގެ އިތުރުން‪ ،‬ޙާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ާގތުން ބައްލަވައި ކުންފުނީގެ ޓީ ާމއެކު ރަށަށް ދަތުރު‬
‫ކުރައްވައި‪ ،‬ކުރެވުނު ަމސައްކަތްތައް ބައްލަވައިލެއްވުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެން ދެއްވި‬
‫ލބުނު އިތުރު ހިތްވަރެއް‪.‬‬
‫ދެއްވުމަކީ ަމސައްކަތްތައް ކުރިއަށް ެގންދިއުމަށް ި‬

‫ކުރިޔަށް އޮތްތަނުގައި މިފަދަ ޙާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް‪ ،‬އަދި ދިމާވާ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ އެންމެހަ ިއ‬
‫ަމސައްކަތްތަކާއި‪ ،‬ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް‪ ،‬އާ އިންޖީނުގެއެއް ިޢމާރާތް‬
‫ކުރުމުގެ ަމސައްކަތް‪ ،‬ފަސްކުރުމެއް ނެތި ިމ ކުންފުނިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ިމ ފުރުޞަތުގައި ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން‪.‬‬

‫____________________________________‬

‫‪ 28‬ފެބްރުއަރީ ‪2021‬‬

You might also like