Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

‫ދނިޔޭގެ ކިޅި‪ ،‬ފާ އަދި ޗަސްބިމުގެ ދުވަސް މިއަހަރުވެސް ދަނީ ފުވައްމުލަކުގައި ުކލަގަދަކޮށް‬

‫ު‬
‫ފާހަނގަކުރަމުން‬

‫ފުވައްމުލަކު ނޭޗަރ ޕާރކުން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ އާއި ގުޅިގެން ިމއަހަރުގެ ދުނިޔޭގެ ކިޅި‪ ،‬ފާ އަދި ޗަސްބިމު ެގ‬
‫ދުވަސް ދަނީ ފުވައްމުލަކުގައި ކުލަގަދަކޮށް ފަހާނގަކުރަމުންނެވެ‪ .‬މިދުވަސް ‪ 2017‬ވަނަ އަހަރުން ފެށިގެން ޮކންމެ އަހަރެއްގައި ދަނީ ފުވައްމުލަކުގައި‬
‫ފާހަނގަކުރަމުންނެވެ‪ .‬ވޯރލްޑް ވެޓްލޭންޑް ޑޭ ނުވަތަ ިކޅި‪ ،‬ފާ އަދި ޗަސްބިމުގެ ދުވަހަކީ ފެބުރުވަރީ ‪ 2‬ވަނަ ދުވަހެވެ‪ .‬ވޯރލްޑް ވޭޓްލޭންޑްސް ޭޑ ޮގތުގައި‬
‫ފެ ުބރުވަރީ ‪ 2‬ފާހަނގަކުރަނީ ޗަސްބިންތަކާއި ބެހޭގޮތުން ބޭއްވުނު ފުރަތަމަ ކޮންވެންޝަން ‪ 1971‬ވަނަ އަހަރުގެ ފެބުރުއަރީ ަމހުގެ ‪ 2‬ވަނަ ދުވަހު‬
‫ސބަބަކީ ިކޅި‪ ،‬ފާ އަދި ޗަސްބިންތަކާއި ެބހޭ‬ ‫އީރާނުގެ ކެސްޕިއަން ކަނޑުގެ ގޮނޑުދޮށުގައި ާބއްވާފައިވާތީއެވެ‪ި .‬މދުވަސް ފާހަނގަކުރުމުގެ ަމއިގަނޑު ަ‬
‫ރ ުވ ެމ ެވ ‪ .‬މިގޮތުން ކޮންމެ އަހަރެއްގައި ވަކި ޝިއާރެއްގެ‬
‫ރ ުކ ު‬
‫ނ ައ ުހ ުލ ެވ ި‬
‫މ ުހ ް‬ ‫ނ ަތ ަކ ް‬
‫ށ ީ‬ ‫ނ ް‬
‫ބ ު‬
‫ނ ެގ ުމ ިޙ ްއ ުމ ަކ ާމ ިއ ޭ‬
‫ނ ަތ ު‬
‫ޮގތުންނާއި‪ެ ،‬އ ަތ ް‬
‫ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދުވަސް އަންނަނީ ފާހަނގަކުރަމުންނެވޭ‪ .‬މިއަހަރުގެ ޝިޢާރަކީ "ވެޓްލޭންޑްސް އެންޑް ވޯޓަރ" އެވެ‬
‫ރނ ް‬
‫ސ‪،‬‬ ‫މ ިޑ ާއ ެއ ެވ ައ ަ‬
‫ޝ ްލ ީ‬ ‫ސ ަ‬ ‫ިމއަހަރުގެ ވެޓްލޭންޑްސް ޭޑ ފާހަނގަކުރުމަށް‪ ،‬ފެބުރުއަރީ ‪ 1‬އިން ‪ 3‬އަށް ފުވައްމުލަކު ނޭޗަރ ޕާރކުން‪ޯ ،‬‬
‫ސކޫލްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާފައި އަދި ރާވާފައި ވެއެވެ‪ .‬އަދި ދުވަހާއި ުގޅުވައިގެން ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ‪.‬‬
‫ް‬

‫ޗސްބިމުގެ ދުވަސް ‪ 2021‬ރަސްމިއްޔާތު‬


‫ދުނިޔޭގެ ކިޅި‪ ،‬ފާ ައދި ަ‬
‫ދުނިޔޭގެ ކިޅި‪ ،‬ފާ އަދި ޗަސްބިމުގެ ދުވަސް ‪ 2021‬ފާހަނގަކުރުމަށް ދަޑިމަގި ިކޅި ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލަކު ެގ‬
‫ސރަޙައްދު (ފުވައްމުލަކު ނޭޗަރ ޕާރކުގެ އޮފީސް‬ ‫ޗަސްބިންތަކުގައި ހެދޭ ދިވެހި ޭބސްވެރިކަމަށް ޭބނުންކުރާ ގަސްތަކުގެ ނާސަރީއެއް ދަޑިމަގި ކިޅި ަ‬
‫ހުންނަ ސަރަޙައްދު) ގައި ވަނީ ހުޅުވާފައެވެ‪ .‬މިތަން ހުޅުވައިދެއްވާ ޝަރަފްވެރި ެމޙްމާން ރަށުގެ އިއްޒަރްތެރިއެއްކަމަށްވާ ކުރީގެ ކަތީބު ުމޙައްމަދު ވަޚީދު‬
‫ނމަވެސް އެއީ ވަރަށް މުޙިއްމު‬ ‫އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ޭބހަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީއެއް ިމހާތަނަށް ިމރަށުގައި ނެތް ަ‬
‫އަދި ބޭނުންތެރިތަނެއްކަމުގައެވެ‪ .‬އެއީ ކިޔަވާ ކުދިންނަށާއި މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދައްކާލަން ވަރަށް ރަނގަޅު ތަނެއްކަމަށާއި ިމފަދަ‬
‫ނޗަރ ޕާކުން ކުރީތީވެ ޝަރަފްވެރި މަޙުމާނު ަވނީ ފުވައްމުލަކު ނޭޗަރ ޕާރކަށް ޝުކުރުއަދާކޮށްފައެވެ‪ .‬ދަނޑިމަގި ިކޅި‬ ‫އަ ުގހުރި މަސައްކަތެއް ޭ‬
‫ސރަޙައްދުގައި ވަނީ އެފް‪.‬އެން‪.‬ޕީ ލިޓްލް ލައިބަރަރީ ވެސް ހުޅުވާފައެވެ‪ި .‬މލައިބްރަރީ ހުޅުވައިދެއްވީ ވަން ފުވައްމުލައް ޖަމްޢިއްޔާގެ ރައީސް އިސްމާޢިލް‬ ‫ަ‬
‫ލފްލެޓާއި "މެޑިސިނަލް ޕްލާންޓްސް ފައުންޑް އިން ފުވައްމުލައް ވެޓްލޭންޑްސް" (ދިވެހިން‬ ‫ރަފީޤެވެ‪ .‬މީގެ އިތުރުން "ފުވައްމުލަކު ނޭޗަރ ޕާރކް"ގެ ީ‬
‫ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ޭބސްވެރިކަމަށް ޭބނުންކުރާ ގަސްތައް) ކެޓަލޮގް ވަނީ ނެރުއްވާފައެވެ‪ .‬މި ލިޔުންތައް ނެރެދެއްވީ‬
‫ފުވައްމުލަކުގައި ދިވެހި ޭބސްތަކާއި ތެޔޮ އުފައްދާ ފަރާތެއްކަމަށްވާ ހުވަނދުގެ ވެރިފަރާތް މުޙައްމަދު އަފްރާޙް (ހަނިމާ) އެވެ‪ި .‬މރަސްމިއްޔާތުގައި ޝުކުރު‬
‫ނޗަރ ޕާރކުގެ އެސިސްޓަންޓް ޑިރެކްޓަރ ޙައްވާ ރަޝީދު ފާހަނގަކުރެއްވި ޮގތުގައި ފުވައްމުލަކު ނޭޗަރ ޕާރކުގައި‬ ‫ދަންނަވަމުން ފުވައްމުލަކު ޭ‬
‫ނސަރި މިއަށްވުރެ ފުޅާވެގެން ދިއުމަކީ އުއްމީދުކަމަށާއި މިތަނުގެ ފަރާތުން ދަރިންވަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކާއި މަޢުލޫމާތު ހޯދަން‬ ‫ޤާއިމްކުރެވުނު ާ‬
‫ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ޭބނުންތެރި ތަނަކަށް ވެގެންދާނެއެވެ‪ .‬އަދި މި ނާސަރީގެ ބޭނުންތަކުގެ ތެރޭގައި ޗަސްބިން ސަރަޙައްދުން ިމފަދަ ގަސް‬
‫ަމދުވެއްޖެ ހާލަތެއްގައި ބޭނުންކުރެވޭނެ ސްޓޮކެއް ޤާޢިމްކޮށް ބެލެހެއްޓުން ކަމަށާއި ބޭހަށް ބޭނުންވެގެން އަންނަ ޭބސްވެރިންނަށާއި އެހެނިހެން‬
‫ފަރާތްތަކަށް ިމތަނުން ހިލޭ އެބޭނުންވާ ަބއެއް ދެވެން އޮތް ިމންވަރަކުން ހިލޭ ދޫކުރެވޭނެކަމަށް ޙައްވާ ރަޝީދު ވަނީ ވިދާޅުވެފައެވެ‪.‬‬
‫ނޗަރ ޕާރކަށް އެކިއެކި ޮގތްގޮތުން އެހީތެރިކަމާއި އެއްބާރުލުން‬
‫ިމރަސްމިއްޔާތުގައި ދިވެހި ބޭސްވެރިކަން ފުވައްމުލަކުގައި ކުރާ ފަރާތްތަކާއި ފުވައްމުލަކު ޭ‬
‫ދެއްވާ ފާރަތްތަކުން ވަނީ ބައިވެރިވެފައެވެ‪.‬‬
‫ިމރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ނޭޗަރ ޕާރކުގެ ރޭންޖަރ ަޢލީ އަޙްމަދު ހާމަކުރެއްވި ގޮތުގައި އެފް‪.‬އެން‪.‬ޕީ ލިޓްލް ލައިބަރަރީ އަ ީކ‬
‫ކިތަންމެ ކުޑަ ލައިބްރަރީއަކަށް ީވނަމަވެސް އެލައިބްރަރީން ފުވައްމުލަކާއި‪ ،‬ފުވައްމުލަކު ނޭޗަރ ޕާރކާއި‪ ،‬ކިޅިތަކާއި‪ ،‬ޗަސްބިންތަކާއި އަދި ތިމާވެއްޓާއި‬
‫ލޔުންތައް ިކޔާލަން ލިބެން ހުންނާނެއެވެ‪ .‬މީގެއިތުރުން‪ ،‬ރޭންޖަރ ފާހަނގަކުރެއްވި ގޮތުގައި "މެޑިސިނަލް ޕްލާންޓްސް ފައުންޑް އިން‬ ‫ުގޅޭއެކިއެކި ި‬
‫ފުވައްމުލައް ވެޓްލޭންޑްސް" ކެޓަލޮގުގައި ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ އެކިއެކި ނަންތަކާއި‪،‬‬
‫ބޭހަށް ގަސްތަކުން ބޭނުންކުރާ ބައިތަކާއި އަދި ބޭނުންކުރެވެނީ ކޮން ވައްތަރެއްގެ ބޭސްފަރުވާއަށްކަން ިމކެޓަލޮގުގައި ބަޔާންކޮށްފައި ހުންނާނެކަމަށެވެ‪.‬‬
‫އަދި ފުވައްމުލައް ނޭޗަރ ާޕކުގެ ލީފްލެޓްގައި ފުވައްމުލަކާއި‪ ،‬ފުވައްމުލައް ނޭޗަރ ޕާރކާއި‪ި ،‬މރަށުގައި ތިބި ޗަސްބިންތަކާއި ުކޅިތަކާއި ބެހޭ ވަރަށް ިގނަ‬
‫ަމޢުލޫމާތު ހުންނާނެކަމަށް ރޭންޖަރ ވަނީ ވިދާޅުވެފައެވެ‪.‬‬

‫ދަރިވަރުން ހޭލުންތެރިކުރުމުގެ ސެޝަންތައް‬


‫ިމ ައހަރުގެ ވެޓްލޭންޑްސް ޭޑ ފާހަނގަކުރުމަށް ދެން ފުވައްމުލަކު ނޭޗަރ ޕާރކުން ކުރިއަށްގެންދިޔަ އެވެއަރަނަސް ޕްރޮގްރާމަށް ބަލާލާއިރު‪ ،‬ހާފިޒް އަޙްމަ ު‬
‫ދ‬
‫ސކޫލުގެ ްގރޭޑް ‪ 7‬ގެ ދަރިންވަރުންނަށް ވަނީ އިއްޔެ އާއި މިއަދު ސެޝަންތަކެއް ުކރިއަށް‬ ‫ސކޫލް‪ ،‬ޏ‪.‬އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ް‬ ‫ް‬
‫ސޝަންތަކެއް‬ ‫ެގންގޮސްފައެވެ‪ .‬އޭގެއިތުރުން ބިއްލާބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ްގރޭޑް ‪ 6‬ގެ ދަރިވަރުންނަށް ވަނީ ހޭލުންތެރިކުރުމުގެ ެ‬
‫ނެގުމަށް ހަމަޖެހިފައި ކަމަށާއި އަދި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ‪7‬ގެ ދަރިވަރުންނަށް ރެކޯރޑްކޮށްފައި ވީޑިއޯ އިން ހޭލުންތެރިކުރުމުގެ‬
‫ޝެޝަނެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ަކމަށް ފުވައްމުލަކު ނޭޗަރ ޕާރކުގެ ކޮންޒަވޭޝަން އޮފިސަރ އަމާނީ ޙަބީބު ަމޢުލޫމާތު ދެއްވައެވެ‪.‬‬
‫ސކޫލަށް ރެކޯރޑްކޮށްފައި ީވޑިއޯ ވަނީ ފޮނުވާފައެވެ‪ .‬މިގޮތުން ިމސެޝަންތަކުގައި ިކޅި‪ ،‬ފާ އަދި ޗަސްބިމުގަ ިއ‬ ‫ީމގެއިތުރުން މުޙައްމަދު ޖަމާލުއްދީން ް‬
‫ދުވަހާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ‪ .‬އަދި ިމއަހަރުގެ ދުނިޔޭގެ ކިޅި‪ ،‬ފާ އަދި ޗަސްބިމުގެ ދުވަހުގެ ޝިއާރާއި ބެހޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ‪.‬‬
‫ީމގެ އިތުރުން ކިޅިތަކާއި ޗަސްބިންތަކުގެ ުމޙިއްމުކަމާއި‪ ،‬އެތަންތަނުން ލިބޭ ޤުދުރަތީ ފައިދާތަކާއި މީހުން އެތަންތަން ބޭނުންކުރާ ގޮތްތަކާއި ހޯދާ‬
‫ލބޭ ެގއްލުންތަކާއި ެބހޭގޮތުން ދަރަވަރުން ވަނީ ހޭލުންތެރިކޮށްފައިވެ‪.‬‬ ‫ފައިދާތަކައި އަދި އެތަނަށް ޤުދުރަތީ ޮގތުންނާއި އިންސާނުންގެ ކިބައިން ި‬
‫ިމސެޝަންތައް ނަންގަވައިދެއްވީ ފުވައްމުލަކު ނޭޗަރ ޕާރކުގެ ކޮންޒަވޭޝަން އޮފިސަރ އަމާނީ ޙަބީބާއި ރޭންޖަރ ޢަލީ އަޙްމަދެވެ‪.‬‬

‫ޮފޓޯތައް‬
‫‪ Fuvahmulah Nature Park‬ފޭސްބުކު ޕޭޖް (ލިންކް‪ ) https://web.facebook.com/fnpmaldives/?_rdc=11&_rdr :‬އިން ލިބެން ހުންނާނެ‪.‬‬

You might also like