Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

‫`‬

‫‪Ministry of Environment‬‬ ‫ިމނިސްޓްރީ އޮފް އެންވަޔަރަންމަންޓް‬


‫‪.Male’, Republic of Maldives‬‬ ‫މާލެ‪ ،‬ދިވެހިރާއްޖެ‪.‬‬

‫‪ 19‬ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި‪ ،‬ފެންފަށަލަ އިޔާދަކުރެވޭނެ ގޮތްތަކާއި ވަސީލަތްތައް‬
‫ފަރުމާކުރުމުގެ ެއއްބަސްވުމެއްގައި ސޮއިކޮށްފި‬
‫ފެބްރުއަރީ ‪3 2021‬‬

‫ރާއްޖޭގެ ‪ 19‬ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި‪ ،‬ފެން ފަށަލަ އިޔާދަކުރުމަށް ޤާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ‬
‫ލމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާ ިމއަ ު‬
‫ދ‬ ‫ހެދުމާއި‪ޮ ،‬ކންސެޕްޓް އަދި ީޑޓެއިލްޑް ިޑޒައިން ތައްޔާރުކުރުމުގެ ަމސައްކަތް ރިޔަން ޕްރައިވެޓް ި‬
‫ހަ ާވލުކޮށްފިއެވެ‪ި .‬މނިސްޓްރީ އޮފް އެންވަޔަރަންމަންޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ‬
‫ސއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް‬
‫ިމނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު ުމސްތަފާ އެވެ‪ .‬ރިޔަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޮ‬
‫ެމނޭޖަރ އަލްފާޟިލާ ަމރިޔަމް ުމހައްމަދު ޒަކީއެވެ‪ .‬އަދި އީޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ެމނޭޖިންގ ޑިރެކްޓަރ‬
‫ުމޢާވިޔަތު އަބްދުއްސައްތާރެވެ‪.‬‬

‫ިމ އެއްބަސްވުމުގެ ދަށުން އއ‪.‬މަތިވެރި‪ ،‬އއ‪.‬ހިމަންދޫ‪ ،‬އދ‪.‬ކުނބުރުދޫ‪ ،‬ދ‪.‬ބަނޑިދޫ‪ ،‬ދ‪.‬ހުޅުދެލި‪ ،‬މ‪ .‬ނާލާފުށި‪ ،‬މ‪ .‬ވޭވަށް‪ ،‬ތ‪.‬ކަނޑޫދޫ‪ ،‬ތ‪.‬ވަންދޫ‪،‬‬
‫ތ‪.‬އޮމަދޫ‪ ،‬ތ‪.‬ދިޔަމިގިލި‪ ،‬ތ‪.‬ގާދިއްފުށި‪ ،‬ށ‪.‬ފޯކައިދޫ‪ ،‬ގއ‪.‬މާމެންދޫ‪ ،‬ގއ‪.‬ނިލަންދޫ‪ ،‬ގދ‪.‬ފަރެސްމާތޮޑާ‪ ،‬ގދ‪.‬ރަތަފަންދޫ‪ ،‬ގދ‪.‬ނަޑެއްލާ އަދި‬
‫ގދ‪.‬ހޯޑެއްދޫގައި އެ ރަށްރަށުގެ ފެން ފަށަލައިގެ ދިރާސާތަކާއި ފެންފަށަލަ އިޔާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމުގެ ަމސައްކަތް ކުރެވޭނެއެވެ‪ .‬މި‬
‫ސޅަހާސް އެއްސަތޭކަ‬ ‫ަމސައްކަތްކުރުމަށް ރިއަން އަދި އިޕޮކްއާ ހަވާލުކުރި ކޮންޓްރެކްޓް ތަކުގެ ުޖމްލަ އަގަކީ ‪( 7،216،115‬ހަތް މިލިއަން ދެލައްކަ ޯ‬
‫ސއި ުކރާ ާތރީޚުން ފެށިގެން ‪ަ 9‬މސްދުވަހެވެ‪.‬‬
‫ފަނަރަ) ރުފިޔާއެވެ‪ .‬އަދި މި ަމސައްކަތް ނިންމުމަށް ހުށައަޅާފައިވާ ުމއްދަތަކީ ޮ‬

‫ްގރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓް އަކީ ‪ެ 9‬މއި ‪ 2017‬އިން ފެށިގެން ‪ 5‬އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ިޚދުމަތުގެ ދާއިރާ ހަރުދަނާ ުކރުމަށް ިގނަ‬
‫ަމސައްކަތްތަކެއް ހިމެނޭގޮތަށް ކުރިއަށްދާ ަމޝްރޫޢެކެވެ‪ .‬މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ‪29‬‬
‫ރަށެއްގެ ުޖމްލަ ‪ 19,871‬ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ޮކށްދިނުމާއި‪ ،‬ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓަރ ުކރުމާއި‪،‬‬
‫ސކްޓަރއަށް ބޭނުންވާ ީމހުން ބިނާ ުކރުމާއި ހޭލުންތެރިކުރުމުގެ‬ ‫ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި‪ެ ،‬‬
‫ނރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލާވާލުން ފަދަ ަމސައްކަތްތައް ހިމެނެއެވެ‪.‬‬
‫ޕްރޮގްރާމްތައް ހިންގުމާއި‪ ،‬ފެނާއި ަ‬

‫‪ 1‬ޞަފްޙާގެތެރެއިން ޞަފްޙާ ‪1‬‬


‫‪Green Building, Handhuvaree Hingun,‬‬ ‫ގްރީން ބިލްޑިންގ‪ ،‬ހަނދުވަރީ ހިނގުން‪،‬‬
‫‪Maafannu, Male’, 20392, Republic of Maldives.‬‬ ‫ދވެހިރާއްޖެ‪.‬‬
‫މާފަންނު‪ ،‬މާލެ‪ި ،20392 ،‬‬
‫‪+(960) 301 8300‬‬ ‫‪secretariat@environment.gov.mv‬‬
‫‪www.environment.gov.mv‬‬ ‫‪www.twitter.com/MoEnvmv‬‬
‫‪www.facebook.com/environment.gov.mv‬‬

You might also like