Download as pdf or txt
Download as pdf or txt
You are on page 1of 1

‫ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީން ކުރުމަށް އެމްއައިޓީން ވަރަށް ޚާއްޞަ ޕްރޮގްރާމް ތަކެއް ތައާރަފު ކުރުން‬

‫ފަތުރު ވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުން އަހުލުވެރިކޮށް މިދާއިރާގެ ފަންނީ ތަފާތު މަސައްކަތް ދަސްކޮށްދިނުމަށް އެމްއައިޓީއިން‪2021 ،‬‬
‫ދާއިރާއެއް ފާހަގަކޮށް އެ‬ ‫ޖެނުއަރީ ‪ 20‬ވަނަ ދުވަހު ވަނީ ވަރަށް ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ‪ .‬ފަތުރު ވެރިކަމުގެ ސިނާއަތުގެ ‪10‬‬
‫ދާއިރާތަކުން ކިޔެވުމުގެ ފުރުސަތުވަނީ މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލައިފައެވެ‪ .‬މިއީ އެ ދަރިވަރަކު ހުރި ރަށެއްގައި ހުރެގެން‪ ،‬ޓިވެޓް‬
‫އޮތޯރިޓީގެ ނޭޝަނަލް ސެޓްފިކެޓް‪ 3-‬އާ ހަމައަށް ކިޔެވޭނެ މަގު ފަހިވެފައިވާ ޕުރޮގްރާމެކެވެ‪ .‬މި ޕުރޮގުރާމްގެ ދަށުން ކިޔެވޭނޭ މަގު ފަހިވެފައި‬
‫އަދި ވާނީ ‪ 10‬ކޯހެއްގައެވެ‪ .‬އެއީ‪،‬‬
‫‪ .1‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ވޯޓަރ ސްޕޯޓްސް‪.‬‬
‫‪ .2‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ޕޭސްޓްރީ އެންޑް ބޭކަރީ‪.‬‬
‫‪ .3‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ސާރފް ގައިޑިންގް‪.‬‬
‫‪ .4‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ސްނޯކްލް ގައިޑިންގް‪.‬‬
‫‪ .5‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ސްޕޯޓް ފިޝިންގ ގައިޑިންގް‪.‬‬
‫‪ .6‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ގެސްޓް ހައުސް އޮޕަރޭޝަންސް‪.‬‬
‫‪ .7‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން އެއާޕޯޓް ރެޕްރެސެންޓޭޓިވް ސާރވިސް ‪.‬‬
‫‪ .8‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ކޮމާޝަލް ކުކަރީ ‪.‬‬
‫‪ .9‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ފުޑް އެންޑް ބެވަރޭޖް‪.‬‬
‫‪ .10‬ނޭޝަނަލް ސެޓިފިކެޓް ‪ 3‬އިން ލައިފްގާޑިންގ އެވެ‪.‬‬

‫މި ތައާރަފު ކުރި ކޯސްތަކުގައި ބައިވެރިވުމަށް އެމްއައިޓީ ގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނަށް ރެޖިސްޓަރީ ވެވޭނެއެވެ‪ .‬އަދި މި‬
‫ޕްރޮގްރާމްގެ ކޯހަކަށް ދަރިވަރު ރަޖިސްޓްރީ ވުމާއެކު‪ ،‬ކިޔެވުމަށް ބޭނުންވާ ހުރިހައި ހިދުމަތެއް އެމްއައިޓީ ލާރނިންގް މެނޭޖްމަންޓް ސިސްޓަމް‬
‫މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެއެވެ‪ .‬މީގެ ތެރޭގައި ކޯހުގެ ތިޔަރީ ފިލާވަޅުތަކާއި ޕްރެކްޓިކަލް ދަސްކުރަން އެހީވެދޭނެ ވީޑިޔޯއާއި ފިލާވަޅު‬
‫ތަކުގެ ޕަވަރ ޕޮއިންޓް ޕްރެސެންޓޭޝަން އާއި އޮންލައިން ޓެސްޓާއި އެނޫނަސް ކިޔެވެވުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތް ހިމެނެއެވެ‪.‬‬
‫އެމްއައިޓީން ގަބޫލުކުރާ ގޮތުގައި މިފަދަ ފަންނީ ކޯހެއް ފުރިހަމަކުރަން ފުރުސަތު ލިބިފައި ނެތް އެތައް ދަރިވަރަކަށް‪ ،‬މި ޕްރޮގްރާމްތަކުގެ‬
‫ސަބަބުން ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ހޯދޭނެއެވެ‪ .‬އަދި ހަމައެހެންމެ މި ޕްރޮގޮރާމްގެ ސަބަބުން‪ ،‬ރިސޯޓް ތަކުގައި މަސައްކަތް‬
‫ކުރަމުން އަންނަ އުންމީދީ ޒުވާނުންނަށް މިހާރު އެ އަދާކުރަމުންދާ ވަޒީފާގައި ތިބެގެންވެސް ކިޔެވޭނެއެވެ‪ .‬އަދި އެހެން ރަށްރަށަށް ނުގޮސް‬
‫އަމިއްލަ ރަށުގައި ތިބެގެން‪ ،‬ޓިވެޓް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތުވެސް މި ޕުރޮގްރާމްގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ‬
‫ހުޅުވިފައެވެ‪.‬‬

‫އެމްއައިޓީން މި ތަޢާރަފްކުރި ޕުރޮގްރާމްގައި ހިމެނޭ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ލިބޭ ސަނަދަކީ‪ ،‬ޓިވެޓް އޮތޯރިޓީއިންވެސް އަދި‬
‫މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިންވެސް ޤަބޫލުކުރާ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ސެޓުފިކެޓެކެވެ‪.‬‬

You might also like