Media Statement Ali Comments Sofi Comments

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

‫‪c‬‬

‫މިނިސްޓްރީ އޮފް ހެލްތު‬


‫ާމލެ‪،‬‬
‫ދިވެހިރާއްޖެ‬
‫ަޚބަރު‬

‫ދވެހިރާއްޖޭގެ ޞިއްޙީދާއިރާއަށް ‪ 1‬މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފި‬


‫ކެނެޑާގެ ސަރުކާރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ މެދުވެރިކޮށް ި‬

‫ދިވެހިރާއްޖެއިން ކޯވިޑް‪ 19-‬އާ ދެކޮޅަށް ކުރަމުންގެންދާ ަމސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި‪ ،‬ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް‬
‫ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން ‪ 1.35‬ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ޯފރުކޮށްދީފިއެވެ‪.‬‬

‫ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (‪ )WHO‬އިން ުގޅިގެން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ގެ ނަމުގައި ލޯންޗް‬
‫ކުރެވޭ ިމ ޕްރޮޖެކްޓް ިއފްތިތާޙް ކުރެއްވުމަށް‪ ،‬މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު ވަރޗުއަލް ރަސްމިއްޔާތެއްގައި‪ ،‬މިނިސްޓްރީ އޮފް ެހލްތުގެ އިސް ބޭބޭފުޅުންނާއި‪،‬‬
‫ސްރީލަންކާގައި ުހންނަ ކެނެޑާގެ ަހއިކޮމިޝަނަރގެ އިތުރުން ‪WHO‬ގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ‪.‬‬

‫ސރުކާރުންނާއި‬
‫މި ރަސްމިއްޔާތުގައި ިމނިސްޓަރ އޮފް ެހލްތު‪ ،‬އަލްފާޟިލް އަޙްމަދު ނަސީމު ވާހަކަފުޅު ދައްކަވަމުން‪ި ،‬މފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ަ‬
‫‪ި WHO‬އން ގުޅިގެން ދިވެހި ރައްޔިތުންނަށް ޯފރުކޮށްދެއްވާ އެހީތެރިކަން ާފހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ‪ .‬އަދި‪ ،‬ކެނެޑާގެ ަހއި ކޮމިޝަނަރ‪ި ،‬ހޒް‬
‫އެގްސެލެންސީ ޑޭވިޑް މެކިނޮން މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ޤާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ާފހަގަ ކުރައްވާ އެ ަމނިކުފާނަށް ވަކިން ޚާއްޞަކޮށް ޝުކުރު‬
‫އަދާކުރެއްވިއެވެ‪ .‬އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ‪ WHO‬ގެ އޮފީހުން ކަމުގައިވާތީ‪ ،‬އެފަރާތުން ދެއްވާ ެއހީތެރިކަމާއި ެއއްބާރުލުން‬
‫އުފަލާއެކު ާފހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ‪.‬‬

‫މި ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ަމރުހަލާތައް ހަރުދަނާކުރުމަށް ‪( 40‬ސާޅީސް) އޮޓޯކްލޭވް ޯހދުމަށް ވަނީ‬
‫ހަމަޖެހިފައެވެ‪ .‬އަދި ިމހާތަނަށް މިޚިދުމަތް ޤާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން‪ 10 ،‬އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ޚިދުމަތްތައް ޤާއިމު ކުރެވިގެންދާނެ ކަމުގައި‬
‫ވެސް ާފހަގަ ކުރެވުނެވެ‪.‬‬

‫ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޯވިޑް‪ަ 19 -‬ފދަ ގައިންގަޔަށް ައރާބަލިތަކުންނާއި‪ ،‬އެހެނިހެން ަޖރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް‬
‫މުހިންމު ކަމެކެވެ‪ .‬މިޚިދުމަތް ޤާއިމު ކުރުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްދޭ ަމރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި‪ ،‬ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން‬
‫ލިބިގެންދާނެއެވެ‪ .‬އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި‪ ،‬މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ެގއްލުންތައް ވެސް ކުޑަވެގެންދާނެއެވެ‪.‬‬

‫ދުނިޔޭގެ ޞިއްޙަތު ަޖމިއްޔާގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގައި ނޭޝަނަލް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ ވަނީ އެކުލަވާލާފައެވެ‪ .‬އަދި ހެލްތު‬
‫ކެއަރ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންގޮސްފައެވެ‪.‬‬

‫‪ 6‬އެޕްރީލް ‪2021‬‬

You might also like