Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

‫މާލޭ ސި ީ‬

‫ޓ‬
‫ކައުންސިލް‬
‫މާލެ‪ ،‬ދިވެހިރާއްޖެ‬

‫ޚަބަރު‬

‫މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ " ސްޓްރީޓް ސްކޭޕިންގް ްޕރޮޖެކްޓް " ގެ ދަށުން އިތުރު‬
‫ސއިކޮށްފި‬
‫ތިންސަރަޙައްދެއް ފެށުމަށް އެއްބަސްވުމުގައު ޮ‬
‫ާމލޭގެ ަމގުތަކުގެ ފެންބޮޑުވުން ހައްލުކޮށް‪ ،‬އެކި ސަރަޙައްދުތައް އިރުއިރުކޮޅުން ކޮންނަން ޖެހުމުގެ ސަބަބުންނާއި މަގުތައް ބޭނުންކުރުމުގެ އާދަކާދަތަށް ިމހާ ު‬
‫ރ‬
‫ސޓްރީޓް‬‫ހުރި ގޮތުން ރައްޔިތުންނަށް ދިމާވާ ތަކުލީފްތައް ުކޑަކޮށް‪ ،‬ހިތްފަސޭހަ އަމާން މަގުތަކެއް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ " މާލޭ ް‬
‫ސޓީ ކައުންސިލް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި‬ ‫ސރަޙައްދެއްގެ ަމސައްކަތް ފެށުމަށް މާލޭ ި‬ ‫ސކޭޕިންގ ްޕރޮޖެކްޓް " ެގ ދަށުން މާލޭގެ އިތުރު ‪ަ 3‬‬ ‫ް‬
‫ދެމެދު މިއަދު ސޮއިކޮށްފިއެވެ‪.‬‬

‫ާމލޭ ސިޓީ ކައުންސިލްގެ ހެޑް އޮފީސް‪ ،‬އެމް‪.‬ޑަބްލިޔޫ‪.‬އެސް‪.‬ސީގެ ަކސްޓަމަރ ސާރވިސް ބިލްޑިންގެ ‪ 3‬ވަނަ ފަންގިފިލާގައި ިމއަދު ހެނދުނު ބޭއްވު ު‬
‫ނ‬
‫ސއިކުރެއްވީ ާމލޭ ސީޓިގެ މޭޔަރ ޞިފާ މުޙައްމަދުއެވެ‪ .‬ރޯޑް ޑިވެލޮޕްމަންޓް‬ ‫ރަސްމިއްޔާތެއްގައި ާމލޭ ސިޓީ ަކއުންސިލްގެ ފަރާތުން ްޕރޮޖެކްޓްގައި ޮ‬
‫ސއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ަޑއިރެކްޓަރ މޫސާ އަލިމަނިކު އެވެ‪.‬‬
‫ޝންގެ ފަރާތުން ޮ‬
‫ކޯޕަރޭ ަ‬

‫ސރަޙައްދުގެ ަބއެއް ަމގުތަކާއި‪ަ ،‬މއްޗަންގޮޅި ދެކުނު އަ ި‬


‫ދ‬ ‫ސއިކުރެވުނު އެއްބަސްވުމުގެދަށުން ރަނގަޅު ފެންވަރަކަށް ހަދާނީ ހެންވޭރު އުތުރު ަ‬ ‫ިމއަދު ޮ‬
‫ަމއްޗަންގޮޅި މެދު ސަރަޙައްދުގެ ބައެއް މަގުތަކެވެ‪ި .‬މސަރަހައްދު ތަކުގެ ތެރެއިން މައްޗަންގޯޅި ެމދު އަދި ދެކުނު ދާއިރާގެ މަސައްކަތްތަށް ނިންމުމަށް‬
‫ނންމުމަށް ކަނޑައެޅިފައިވަނީ ‪ 217‬ދުވަހުގެ ތެރޭގައެވެ‪ި .‬މ ތިން‬ ‫ހަމަޖެހިފައިވަނީ ‪ 125‬ދުވަހުގެ ތެރޭގައެވެ‪ .‬ހެންވޭރު އުތުރު ސަރަހައްދުގެ ަމސައްކަތް ި‬
‫ސގްމެންޓްގެ ޖުމްލަ އަގަކީ ‪ި 70.1‬މލިއަން ރުފިޔާއެވެ‪ .‬އެއީ ެހންވޭރު އުތުރުގެ މަގުތަކަށް ޚަރަދުވާ ‪ 36.30‬މިލިއަން ރުފިޔާއާއި‪ ،‬މައްޗަންގޮޅި ދެކުނު އަދި‬ ‫ެ‬
‫މގުތަކަށް ަޚރަދުވާ ‪ 33.80‬ރުފިޔާއެވެ‪.‬‬
‫ަމއްޗަންގޮޅި މެދު ދާއިރާގެ ަ‬

‫މަޝްރޫޢުގެ ދަށުން ެހންވޭރު އުތުރުން މި އެއްބަސްވުމުގެ ދަށުން ެހދުމަށް ަހމަޖެހިފައިވަނީ ‪ 13‬މަގެކެވެ‪ .‬އެއީ ވައިލެޓް ހިނގުން‪ ،‬ވައިލެޓް ަމގު‪ ،‬ގުލިސްތާން ގޯޅި‪ި ،‬ހރުނދު‬
‫މަގު‪ ،‬ދުނބުރި މަގު‪ ،‬ރޯޝަނީމަގު‪ ،‬ކުރަނގި ގޯޅި‪ ،‬ކަސްތޫރި މަގު‪ ،‬ސީސަން ަމގު‪ ،‬ސަނދުބަރަކާ ގޯޅި‪ ،‬ދީފުރަމް ގޯޅި‪ ،‬ގަލަދުން ގޯޅި އަދި ިފލިގަސް މަގެވެ‪ .‬މި މަގުތަކުން‬
‫ުޖމްލަ ‪ 1.97‬ކިލޯމީޓަރ ަހދާނެއެވެ‪.‬‬

‫މަޝްރޫޢުގެ ދަށުން މައްޗަން ޮގޅި މެދު ސަރަޙައްދުން ހަދަން ަހމަޖެހިފައިވަނީ ‪ 6‬މަގެކެވެ‪ .‬އެއީ ނިކަގަސްމަގު‪ ،‬ކުރިކީލަ ަމގު‪ ،‬ޗާންދަނީ މަގު‪ ،‬ކުދިރަތްމާ ގޯޅި‪ ،‬ދިލްބަހާރު‬
‫ގޯޅި އަދި ޖަވާހިރު ގޯޅިއެވެ‪ .‬މި މަގުތަކުން ުޖމްލަ ‪ 0.48‬ކިލޯމީޓަރގެ މަގު ަހދާނެއެވެ‪ަ .‬މއްޗަންގޮޅި ދެކުނުން ހަދަން ަހމަޖެހިފައިވަނީ ‪ 5‬މަގެކެވެ‪ .‬އެއީ ބަޑިފަސްގަނޑު މަގު‪،‬‬
‫އާމިނާރަނި ހިނގުން‪ ،‬ބުރުޒު މަގު‪ ،‬ކުރިކީލަ މަގު‪ ،‬އަދި ޗާންދަނީ މަގެވެ‪ .‬މި މަގުތަކުން ުޖމްލަ ‪ 1.00‬ކިލޯމީޓަރގެ މަގުހަދާނެއެވެ‪.‬‬

‫ނ އަހަރުގެ ަޖނަވަރީ މަހު ެގ ‪ 26‬ވަނަ ދުވަހު ދެފަރާތުން‬


‫ސޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަކީ ހިތްފަސޭހަ މާލެއަކަށް މަގުފަހިކުރުމަށް ފަރުމާކޮށް ‪ 2020‬ވަ ަ‬ ‫މާލޭ ް‬
‫ސޮއިކުރެވުނު މަޝްރޫޢުއެކެވެ‪ަ .‬މޝްރޫޢު ރަސްމީގޮތުން ަފއްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާ ީހމް މުޙައްމަދު ޞާލިޙްއެވެ‪ .‬އެއީ ‪ 2020‬ވަނަ އަހަރު ެގ‬
‫ެފބްރުވަރީމަހުގެ ‪ 17‬ވަނަ ދުވަހުއެވެ‪.‬‬

‫މަޝްރޫޢުގެދަށުން މިހާރު ކުރިއަށްދަނީ މާފަންނު ުހޅަނގު ދާއިރާގެ މަސައްކަތެވެ‪ .‬އެ ސަރަޙައްދުން މިހާރު ‪ 0.66‬ކިލޯ މީޓަރގެ މަގު ވަނީ ނިމިފައެވެ‪ަ .‬އދި ިމހާރު‬
‫މަސައްކަތްކުރަމުންދަނީ މުނިޔާ މަގު އަދި ފްލޫނިޔާ ަމގު ެހދުމަށެވެ‪ .‬ހަނދުވަރީ ހިނގުން އަދި ްފލޫނިޔާ ބްލޮކް ‪ 3‬މަގު މިހާރުވަނީ ެފށުމަށް ތައްޔާރުވެފަ ެއވެ‪.‬‬

‫ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން ާމލޭ ސިޓީ ކައުންސިލްގެ ަފރާތުން ިހންގާ ާމލޭ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް‬
‫ަހއްލުކޮށް‪ު ،‬ހރިހާ އުމުރުފުރާއެއްގެ މީހުނަށް ަފސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި ަމގުތަކަށް ހެދުމާއި‪ަ ،‬ފސޭހަކަމާއެކު އެއްތަނުން ައނެއްތަނަށް ޒަރޫރީ ބޭނުންތަކަށް‬
‫ދަތުރުފަތުރުކުރެވޭނެ މަގެއް ޯހދާދިނުމާއި‪ ،‬މަގުތަށް ެފންބޮޑުވުން ުހއްޓުވައި ައބަދު ކޮނެފަ އޮންނަ އޮތުމަށް ނިމުމެއް ގެނައުމާއި‪ު ،‬ހރިހާ ަމގެއްގައިވެސް ދެފަރާތުގައި ގޭގެއި ް‬
‫ނ‬
‫ނުކުމެ ވަދެލާ ުއޅޭފަދަ ޕޭވްމަންޓެއް ޤާއިމްވެފައި އޮތުމާއި‪ ،‬ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮއް ަމގުތަކުގެ‬
‫ތޮއްޖެހުން ުހއްޓުވައި‪ ،‬މަގުތަކުގައި ޕާކިންގްގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކޮށް‪ު ،‬މދާ ބޭލުމާއި އެރުވުމުގައި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ‬
‫އުސޫލެއް އެކަށައަޅައި ތަންފީޒުކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫޢުއެކެވެ‪.‬‬

‫ދެއަހަރާއި ބައިގެ ުމއްދަތަށް ހިންގާ ިމ މަޝްރޫޢުއަށް ގާތްގަނޑަކަށް ‪ 462‬މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ‪ .‬މަޝްރޫޢުގެ ދަށުން ‪ 5‬ވައްތަރެއްގެ‬
‫މަގުތައް ތަރައްޤީކުރާއިރު ޖުމްލަ ‪ 18.08‬ކިލޯމީޓަރގެ މަގު ާމލޭގެ އެކި ސަރަޙައްދުތަކުން ެހދޭނެއެވެ‪.‬‬

‫ސގްމެންޓްގެ ދަށުން ހެދުމަށް ަހމަޖެހިފައިވަނީ ‪ 1.94‬ކިލޯމީޓަރގެ ދިގުމިނެވެ‪ .‬އެއީ މާފަންނު ުހޅަނގު ސަރަޙައްދުގެ ސަރަޙައްދުގެ ‪ 8‬މަގެކެވެ‪.‬‬
‫މަޝްޜޫޢުގެ ފުރަތަމަ ެ‬
‫ސގްމެންޓްގެ މަސައްކަތަށް ‪ 50‬މިލިއަން ރުފިޔާއަށްވުރެ މަތީ ަޢދަދެއް ޭހދަވާނެއެވެ‪.‬‬
‫އަދި މި ެ‬
‫މަގުތަކަށް ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި‪ ،‬އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި‪ ،‬އެކި އެކި ބޭނުންތަކަށް މަ ުގ‬
‫ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ަހމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފައެވެ‪ަ .‬ހމައެއާއެކު އަލިފާންނިއްވުމަށް ބޭނުންވާ ަފޔަރ‬
‫ަހއިޑްރަންޓްތަކާއި‪ ،‬މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި‪ަ ،‬އދި ކެމެރާ ސިސްޓަމް ަހރުކުރުންވެސް މަޝްރޫޢުގައި ިހމެނެއެވެ‪.‬‬

‫މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެނެވެ‪ .‬މި މަޝްރޫޢުގެ ަފރުމާގެތެރެއިން ވެލިމަގު ުހޅުވައި‬
‫ސރަޙައްދުގައި ޕާކަކާއި ިޖމްއެއްވެސް ވަނީ ތަރައްޤީކުރެވިފައެވެ‪.‬‬
‫ވެސްޓް ޕާކް ަ‬

‫‪ 6‬އެޕްރީލް ‪2021‬‬

You might also like