Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

‫ބަސް ‪1‬‬

‫ނިއުސެވަން ވޮންޑާރސްގެ ެއންމެކުރިއަށް އެރުމަށް ތައްޔާރުވަމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ޙަޤީޤަތުގައިވެ ް‬


‫ސ‬
‫ޢަޖާއިބުން ުފރިގެންވާ ެއތައްކަމެއް ގުދުރަތުން ދެއްވާފައިވާ ތަނެއް‪ .‬މާސިންގާ ކަނޑެއްގައި އޮޔާދާ ފަތްތަކެއްހެން ހީވާކަހަލަ ުކދިކުދި‬
‫ރަށްތަ ަކކާއި ެއރަށްތަކުގެ ވަށައިގެންވާ ފެހިނޫކުލައިގެ ސާފު މޫދާއި‪ ،‬އެމޫދުގެ ވަށައިގެންވާ ރިހިދޮންވެލީގެ ގޮނޑުދޮށްތަކާއި‬
‫މިގޮނޑުދޮށްތަކުގެ ވަށައިގެންވާ ރަށްރަށުގައި ދިރިއުޅެމުން ައންނަމީހުންގެ ުކޅަދާނަކަމާއި ހުނަރުވެރިކަމަކީ ރާއްޖެއަށް ޒިޔާރަތްކުރާ‬
‫މެހުމާނުންނާއި ސައްޔާޙުން އަންތަރީސްކުރުވާލާ ަކންތައްތަކެއް‪.‬‬

‫މިކުޑަކުޑަ ރާއްޖެއަށް ލިބިފައިވާ ޢަޖާއިބުކުރުވަނިވި އެތައްކަމެއްގެ ތެރެއިންވެސް އެންމެ ިގނަބަޔަކަށް ސިހުންލިބިގެން ާ‬


‫ދ‬
‫ެއއްކަމަކީ މިޤައުމުގައި ދިރިއުޅެމުން އަންނަ ަމދު އާބާދީ ވާހަކަދައްކާނެ ައމިއްލަ ބަހެއް އޮންނަކަން‪ .‬އަޅުގަނޑުމެން ައމިއްލަ ބަހަކުން‬
‫ވާހަކަދައްކައި ައމިއްލަ އަކުރެއް ގެންގުޅޭކަމީ އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ތަޢުރީފުގެ ބަސްތައް ޮއހެމުންދާކަމެއް‪ .‬މިބަހާމެދު‬
‫ޝައުޤުވެރިވެ‪ ،‬ބަހުގެ ައސްލުހޯދައި‪ ،‬ބަހުގެ ތާރީޚުގެތެރެއަށް ފީނައި‪ ،‬ހޯދާ ދިރާސާކުރާ ބޭރުގެ ެއތައް ފަރާތެއް އުޅޭ‪.‬‬

‫ވީއިރު މިބަހާއިމެދު ފަޚުރުވެރިވެ‪ ،‬ބަހަށް ރައްކާތެރިވެ‪ ،‬ބަސްދިރުވައި ާއލާކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން ކޮން ެމ‬
‫ދިވެއްސެއްގެވެސް ވާޖިބެއް‪ .‬ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ާއކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭފަދައިން‬
‫އިނގިރޭސިބަސް ނުދަންނަ ބަޔަކަށް އިނގިރޭސިބަސް ައލަށް ދަސްވެގެންއުޅޭ މަންޒަރު‪ .‬ރަގަޅަށް އިނގިރޭސި ނުދަންނަމީހާވެސް‬
‫ވާހަކަދައްކާއިރު އިނގިރޭސިބަހެއް ބޭނުންކުރަން މަސައްކަތްކުރަމުންދާތަން‪ .‬މިއަދު އަޅުގަނޑު ވާހަކަދައްކަން ހަމަޖެހިފައިވަނީ‬
‫ދިވެހިބަސް އެހެންބަސްތަކާ މަސްހުނިކުރުން‪.‬‬

‫މިއަދު އަޅުގަނޑުމެން ދިވެހިންގެ ވާހަކަދެއްކުން ހުންނަގޮތާމެދު ބަލާލަމާތޯ‪" .‬ގެއަކީ ތްރީބެޑްރޫމްގެ ގެއެކެވެ‪ .‬ކޮން ެމ‬
‫ބެޑްރޫމަކާ އެކު އެޓޭޗްޑް ބާރތްރޫމެއް ހުރެއެވެ‪ .‬ބެޑްރޫމްތައް ހުންނަނީ އަޕަރފްލޯ ގައެވެ‪ .‬ގްރައުންޑްފްލޯގައި ސިޓިންގރޫމްއަކާއި‬
‫ސްޓޯރރޫމެއް ހުރެއެވެ‪ .‬ގެވަނީ ރަނގަޅަށް ފާރނިޝްކުރެވިފައެވެ‪ެ .‬އއަރކަންޑިޝަން ނެތްނަމަވެސް ބެޑްރޫމްތަކުގަޔާއި‬
‫ސިޓިންގރޫމްގައި ސީލިންގ ޭފން ހުންނާނެއެވެ‪ .‬ބޭނުންވެއްޖެނަމަ އިތުރު ސްޓޭންޑިންގ ޭފންވެސް އިންސްޓޯލް ކުރެވިދާނެއެވެ‪ .‬ވީމާ‬
‫ގެސްޓްއިން އަންކޮންފޮޓަބްލް ވާކަށް ނުޖެހޭނެއެވެ‪ .‬ގޭގެ ެއންޓްރޭންސްގައި ުކޑަވަރެއްގެ ގާރޑްންއެއްވެސް އޮންނާނެއެވެ‪".‬‬

‫މަތީގައި ދެންމެ މިދެންނެވި ިއބާރާތްކޮޅުގައި އެބަސްތައް ެއގޮތަށް ބޭނުންކޮށްފައިވަނީ ދިވެހިބަހުގައި ޭއގެބަދަލުގަ ިއ‬
‫ބޭނުންކުރާނެ ދިވެހިބަސް ނެތީމާކަމަށް ތިޔަބޭފުޅުން ގަބޫލުކުރައްވަންތޯ؟ ައޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ދިވެހިބަހުގައި ހުންނަނީ‬
‫ހަމައެކަނި މި ‪ –-‬ގެ ‪ ،‬އާއި ‪ ،‬ގައި ‪ ،‬ވެސް ‪ެ ،‬އވެ‪ -‬މިފަދަ ބަސްބުރިތަކެއް ނޫން‪ .‬ދިވެހިބަހުގައިވެސް ތަންތަނަށް ކިޔާނަންނަމާއި‬
‫ެއއްޗެއްސަށް ކިޔާނަންނަމާއި ކުރާކަންކަން ައންގައިދޭ ބަސްތައްވެސް ހުރޭ‪ .‬ވޭތުވެދިޔަ ދެހާސްފަސްސަތޭކަ ެއތައް އަހަރެއްގެ‬
‫ކުރިއްސުރެވެސް ދިވެހިކާބަފައިން ެއކިއެކި މުޢާމަލާތްކުރުމުގައި ބޭނުންކޮށްފައިވަނީ މައްދިވެހިބަސް‪ .‬އެބަސްބޭނުންކޮށްގެން‬
‫ދިރިއުޅުމުގެ އެންމެހައި މަޤްޞަދުތަކެއްވެސްވަނީ ޙާޞިލްކޮށްފައި‪.‬‬

‫ނަމަވެސް ދިވެހިބަހުގައި މުއްސަނދިކަމެއް ނެތްކަމަށްބުނެ‪ ،‬ދިވެހިބަހުގައި ބޭނުންކުރާނެ ބަސްތަކެއް ނުހުންނަކަމަށްބު ެ‬


‫ނ‬
‫ދިވެހިބަހުގެ ހުރުމަތް ކަނޑާލައި ދިވެހިބަހުގައި ައޅުގަނޑުމެންގެ ކާބަފައިން ބޭނުންކުރަމުން އައިސްފައިވާ ރީތިއެތައްބަހެއް މިއަދު މިވަނީ‬
‫ނަގާލާފައި‪ .‬ބިޒީ‪ ،‬ސޮރީ‪ ،‬ޕްލީޒް‪ޮ ،‬ޕސިޓިވް‪ ،‬ނެގަޓިވް‪ ،‬ފިޓް‪ ،‬އޯކޭ ަފދަ ބަސްތަކަށް ދިވެހިބަހުން ކިޔަން ހުރި ރީތިބަސްތައް ނައްތާލައި‬
‫މިބަސްތައް މިގޮތަށް ބޭނުންކުރަނީ ވަރަށް‪....‬‬
‫ނަމަވެސް މިކަންކަމުން ދޭހަވަނީ ތިމާމެންގެ ނުކުޅެދުންތެރިކަން‪ ،‬އަމިއްލަބަސްވެސް ުފރިހަމަޔަށް ނޭނގޭކަން‪ ،‬ވިސްނުމާ ިއ‬
‫ބުއްދީގެވެސް ނާތަހުޒީބުކަން‪ .‬ވީމާ ދިވެހިބަހުގައި ހުރި މުއްސަނދިކަ ާމއި އަސަރުގަދަކަން ދެނެގަނެ ދިވެހިބަސް ެއބަހުގެ ގޮތުގައި‬
‫ބޭނުންކުރުމަށް މަސައްކަތްކުރަން ފަށަމާ ހިންގަވާ‪ .‬ވައްސަލާމުއަލައިކުމް‪.‬‬

You might also like