Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

‫ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމުޢިއްޔާ ޕާކިސްތާނުގެ ސަފީރު އިފުތިތާހުކޮށްދެއްވައިފި‬

‫ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ‪.‬ސީ‪.‬އެމް)ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ޖަމުޢިއްޔާ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް‬
‫ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު ރޭ އިފުތިތާހުކޮށްދެއްވައިފިއެވެ‪.‬‬
‫ބީ‪.‬ސީ‪.‬އެމްއަކީ އަންހެނުން ބާރުވެރިކުރުވުމާއި‪ ،‬ޒުވާނުން ބާރުވެރިކުރުވުމާއި‪ ،‬އިޖުތިމާޢީ މަސައްކަތްތައް ކުރިއެރުވުމާއި‪ ،‬ތިމާވެށީގެ މައްސަލަތަކަ ް‬
‫ށ‬
‫ހޭލުންތެރިކުރުވުމާއި‪ ،‬ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުމެވެ‪ .‬އެ ގޮތުން‬
‫ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ބޯޑަށް އިންތިޚާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ‪.‬‬
‫ޓީ‪.‬އެފް‪.‬ޖީ ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު‪ ،‬ޖަމުޢިއްޔާގެ‬
‫އެގްޒެކިއުޓިވް ބޯޑުގެ ‪ 8‬މަޤާމަކަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ‪.‬‬
‫މީގެ އިތުރުން ޖަމުޢިއްޔާގެ މެންބަރުންނަށް ޚާއްޞަކުރެވިގެން‪ ،‬ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި‬
‫ލޯންޗުކޮށްފައިވެއެވެ‪ .‬މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާއެވެ‪.‬‬
‫ބީ‪.‬ސީ‪.‬އެމް އިފުތިހާހުކުރެވުނީ ‪100‬ށް ވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެގައެވެ‪.‬‬
‫‪ 15‬ޖަނަވަރީ ‪2022‬‬

You might also like