Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 1

‫!

އަދުލު އިންސާފުގެ ޝަކުވާ‬


‫ދ‪ .‬އަތޮޅުގެ ރަށެއްގެ މީހަކު‪ ،‬އޭނާގެ ދަރިފުޅާ މީހަކު ބެހޭ ކަމުގެ މައްސަލައެއް ރަށު ކޯޓުގައި ޖެއްސި އެވެ‪ .‬އެ ރަށު ކޯޓުގައި ގާޒީއަކު ނެތިގެން އެ މައްސަލަ ދ‪.‬‬
‫‪.‬ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރި އެވެ‬

‫މައްސަލަ އަކީ‪ ،‬އޭނާގެ ދަރިފުޅާ‪ ،‬އޭނާގެ އަންހެނުންގެ ތިމާގެ މީހަކު ބެހޭ ކަމުގެ ތުހުމަތެވެ‪ .‬ކޯޓުގައި އޭނާ އެދެނީ އަންހެނުންގެ ތިމާގެ މީހާ އެ ގެއަށް ވަނުން‬
‫ހުއްޓުވުމުގެ އަމުރަކަށެވެ‪ .‬އެ އަމުރު ހޯދަން ކޯޓު އަޑުއެހުންތަކަށް އޭނާ ހަފުތާއަކު އެއްފަހަރު ކޮޅަކަށް ‪1500‬ރ‪ .‬ދީގެން ކުޑަހުވަދު އަށް ދާން ޖެހެ އެވެ‪ .‬ބައެ ްއ‬
‫‪ .‬ދުވަސްދުވަހު‪ ،‬އެ ރަށަށް ދާ ފަހުން އަޑުއެހުން ކެންސަލް ވެ އެވެ‪ .‬އޭނާ ކަނޑު ހުރަސްކޮށް އެތައް ދަތުރެއް ކޮށްފި އެވެ‬

‫އަމިއްލަ ރަށުގައި ހުރެ‪ ،‬އޭނާ އަށް އިންސާފު ނުލިބެންވީ ކީއްވެ ހެއްޔޭ ސުވާލުކޮށް‪ ،‬އެ ވާހަކަ ނޫހުގައި ޖަހައިދޭން އެދި އާދޭސް ކުރަމުން އޭނާ ބުނަނީ މިހެންނެވެ؛‬
‫ނ މި ޖެހެނީ މިހެންނެވެ‬ ‫‪.‬އަދުލު އިންސާފު ހޯދަން ކުދި ރަށްރަށުގައި އާންމު މީހާ އުޅެ ް‬

‫ޓެކްސް ފައިސާ އަކީ އޭނާގެ ފައިސާ ވެސް ހިމެނިގެން ސަރުކާރަށް ވަންނަ އެއްޗެކެވެ‪ .‬އެ ސުވާލު ކުރުމުގެ ހައްގު އޭނާ އަށް އެބައޮތެވެ‪ .‬އިންސާފު ނުލިބޭ ނަމަ‪،‬‬
‫އޭނާ އެ ޝަކުވާ ނުކޮށެއް ނުހުންނާނެ އެވެ‪ .‬އަދުލު އިންސާފަށް‪ ،‬މި އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓްގެ އަށް ޕަސެންޓް ނުވަތަ ތިން ބިލިއަން ރުފިޔާ ހޭދަކުރާ‬
‫‪ .‬އިރު‪ ،‬އޭނާގެ ރަށުގައި ގާޒީއަކު ނެތިގެން‪ ،‬ލޯންޗެއް ކުއްޔަށް ހިފައިގެން ދެކޮޅަށް ދުއްވަން ޖެހުން އެއީ ގައިމު ވެސް އޭނާ ގަބޫލުކުރާނެ ކަމެއް ނޫނެވެ‬

‫!ލަސް ހިދުމަތެއް‪ ،‬ކިޔޫތައް އެހާ ދިގު‬


‫ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރައްޔިތުން ބޭނުންވާ ހިދުމަތެއް ދެވޭތޯ ސުވާލު ކުރުމުގެ ބޭނުމެއް ނެތެވެ! އެ ހިދުމަތާ ދޭތެރޭ ޝަކުވާ ނުކުރާ މީހަކު މަދުވާނެ‬
‫‪.‬އެވެ‬

You might also like