Professional Documents
Culture Documents
Grammer ( )
Grammer ( )
Grammer ( )
ނ
ސކު ް
ު
ދިވެހިބަހުގައި ހިމެނޭ ލަފުޒުތަކުގައި ކުރެވޭ ސުކުނުގެ ޢަދަދަކީ 5އެވެ .އެއީ ށ ،ނ ،އ .ތ ،ސ މި
ރވެ .ނަމަވެސް ދިވެހި ބަހުން ،ތާނައަކުރުން ލިޔެފައި ހުންނަ ލިޔުން ތަކުގައި ފަސް އަކުރަށްވުރެ ގިނަ
ފަސް އަކު ެ
ތަފާތު އަކުރުތަކުގައި ސުކުން ކޮށްފައި ހުރެއެވެ .މީގެ މާނައަކީ ސުކުން ކުރެވޭ އަކުރުގެ ޢަދަދު ފަސް އަކުރަށްވުރެ
ގިނަވުމެއްނޫނެވެ .ދިވެހި ބަހުގައި ސުކުން ކުރެވޭ ފަސް އަކުރު ފިޔަވައި އެހެން އަކުރެއްގައި ސުކުންކޮށްފައިވާނަމަ
އެލަފުޒަކީ ކޮ ންމެވެސް އެހެން ބަހެއްގެ ލަފުޒެކެވެ .އެ ލަފުޒެއް ދިވެހި ބަހުގެތެރެއަށް ވަދެ ދިވެހި އަޑުތަކާއި
ހަމަތަކާ އެއްގޮތަށް ބަދަލުނުވެ އޮތީއެވެ.
ސުކުން ކުރެވޭ އަކުރުތަކުގައި ސުކުން ކުރެވޭ ހަމަތަކެއް ބަހުގެ ޤަވާޢިދު ފޮތްތަކުގައި އެކަށަ
އަޅާފައިވެއެވެ .ނަމަވެސް އެ ހަމަތަކާ ޚިލާފަށް ސުކުން ކުރެވޭތަން އާދެއެވެ .ބައެއް ފަހަރު އެއްލަފުޒެއްގައި
މިކަމުގައި ވިސްނަންޖެހެއެވެ. ދެފަހަރު ދެގޮތަށް ސުކުން ކުރެވޭތަންވެސް އާދެއެވެ .އެހެންކަމުން ތާނަލިޔުމުގައި
ޚާއްޞަކޮށް ބަހެއް އުނގަނައިދީ ދަސްކޮށްދޭ ފަރާތްތަކުން މިކަމަށް ސަމާލުވާން އެބަޖެހެއެވެ .އެހެނީ ދިވެހި ބަހުގައި
ހިމެނޭ ބައެއް ލަފުޒު ތަކަކީ ހަމައެކަނި ކުރެވޭ ސުކުނުން ލަފުޒުގެ މާނަ ބަދަލުވާ ލަފުޒު ލަފުޒެވެ .މިފަދަ ބައެއް
ލަފުޒު ކިޔައި ކިޔުމުގައި އެއްވެސް ތަފާތެއް ނުވެއެވެ.
.1ށ .ސުކުން:
.8އ .ސުކުން:
' -8.1އ' ސުކުންކުރެވޭ ފުރަތަމަ ހަމާގައި އ ސުކުންކުރެވޭނީ ،އ ސުކުން ކިޔާގޮތަށް ކިއިފައި،
ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު
ކ އެއްގައި ފިލިޖަހައިގެން ބަސްފުރިހަމަ ކުރެވޭ ތަންތަނުގައެވެ .ޢާއްމުގޮތެއްގައި މިސުކުން
އަންނާނީ ލަފުޒުގެ ފަހަތަށެވެ.
މިސާލު :ހ .ވައް – ވަކާއި ،ވަކޭ (ވައް ވަކަށް ހުންނަ އެއްޗެހި)
ށ .ރުއް – ރުކާއި ،ރުކޭ
ނ .ފުއް – ފުކާއި ،ފުކެއް ( ފުއްފުކަށް ހުންނައެއްޗެހި)
ނ .ގަހެއް – ގަހަކާއި ،ގަހެކޭ (މިގޮތަށް ކޮންމެ ލަފުޒެއްވެސް އެކަހެރިކުރާއިރު ފަހަތަށް
އަންނާނީ އ ސުކުނެވެ).
އ ސުކުން ކިޔާގޮތަށް ކިއިފައި ،ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން
' -8.8އ' ސުކުންކުރެވޭ ދެވަނަ ހަމާގައި އ ސުކުންކުރެވޭނީ ،އ ސުކުން ކިޔާގޮތަށް ކިއިފައި،
ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު
އެއްވެސް އަކުރެއްގައި ފިލިޖަހައިގެން ބަސްފުރިހަމަ ނުކުރެވޭ ތަންތާގައެވެ .ޢާއްމުގޮތެއްގައި
މިސުކުން އަންނާނީ ލަފުޒުގެ މެދުތެރެއަށެވެ.
މިސާލު :ހ .މައްޔާ ،ކައްޓަލަ ،އުއްދަނޑި ،ގޮއްފުޅަނގި
ށ .ވައްލަ ،ހިއްތަލަ ،ދައްތަ ،ކޮއްކޮ ،ކުއްޅަވައް
.3ނ .ސުކުން:
ނ ސުކުން ކުރުމުގައި ވެސް ބައެއް ފަހަރު އޮޅުން އަރާގޮތް ވެއެވެ .އެހެންކަމުން މިސުކުން ކުރެވޭ ގޮތުގެ
ހަމަތައް ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ .ޤަވާޢިދު ފޮތްތަކުގައި ބަޔާންކޮށްފައިވާގޮތުން ނ ސުކުން ކުރެވޭނީ
ޢަރަބީގައި ނޫނުސުކުން ކިޔާގޮތަށް ނޯށަށް އަރުވައި މަތީތަލީގައި ދޫޖައްސައިގެން އަޑުފާޅުކުރެވޭ ތަންތާގައެވެ.
މިގޮތުން ތާނަ އަކުރުން ދިވެހިބަސް ލިޔާއިރު ނ ސުކުން ކުރެވޭ 3ޙާލަތެއްވެއެވެ .ތަފާތު ތިން ތަނެއްގައި ނ
ސުކުން ކުރެވެއެވެ .އެއީ-:
' -3.1ނ' ގައި ސުކުންކުރެވޭ ފުރަތަމަ ޙާލަތަކީ ޢަރަބީގެ ނޫނުސުކުން ކިޔާގޮތަށް ކިއިފައި ،ސުކުނުގެ
ބަދަލުގައި ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު ނ އެއްގައި ފިލި ޖަހައިގެން މާނަ
ފުރިހަމަކުރެވޭ ތަންތަނެވެ.
ށ .އުނދުން – އުނދުނާއި ،އުނދުނެއް މިސާލު :ހ .ފަން -ފަނާއި ،ފަނެއް
ރ .ގުދަން -ގުދަނާއި ،ގުދަނެއް ނ .ތަން – ތަނާއި ،ތަނެއް
-3.8ނ ސުކުންކުރެވޭ ދެވަނަ ޙާލަތަކީ ޢަރަބީގެ ނޫނުސުކުން ކިޔާގޮތަށް ކިއިފައި ،ސުކުނުގެ ބަދަލުގައި
ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު މ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ
ތަންތަނެވެ.
ށ .ކަން – ކަމާއި ،ކަމެއް މިސާލު :ހ .ހަން -ހަމާއި ،ހަމެއް
ރ .ބިން -ބިމާއި ،ބިމެއް ނ .ދުން – ދުމާއި ،ދުމެއް
ދިވެހިބަސް ލިޔަމުންދާއިރު ބައެއް ފަހަރު ،ނ ސުކުން ކުރަން ނުޖެހޭ ބައެއް ތަންތާގައި ޤަޥާޢިދާ
ޚިލާފަށް ނ ސުކުންކުރެވޭތަން އާދެއެވެ .މިހެން ދިމާވަނީ ނ ސުކުނުގެ އަޑުއަންނަ ބައެއް ޙާލަތްތައް ދިވެހިބަހުގައި
މެދުވެރިވާތީއެވެ .އެއީ "އަހާނަމަ" މި ޢިބާރާތުގައި ހިމެނޭ އަކުރުތަކުގެ ތެރެއިން އަކުރެއް" ،އާތަށި" މިއަކުރުތަކުގެ
ސުކުނުގެ ފަހަތަށް އަންނަ ތަންތަނެވެ .މިފަދަ ބައެއް ތަންތަނުގެ މިސާލު ތިރީގައި ހިމަނާލާނަމެވެ.
.4ތ .ސުކުން:
ތ ގައި ސުކުންކުރެވޭނީ ސުކުނަށް ކިޔާއިރު ޔ އެއްގެ އަޑު ފާޅުވާ ތަންތާގައެވެ .މިސުކުން ކިޔާނީ ޔާގެ
ތ ސުކުން ކުރެވެނީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހައިގެން ތަޝްދީދަށް ކިޔަން ފަށާގޮތަށެވެ .ޢާއްމުގޮތެއްގައި
ބަސްހަމަކުރެވޭތޯ ބަލާއިރު ތ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ ތަންތާގައެވެ .އަދި ތ ސުކުން ކުރެވޭ
މިނޫން ތަންތަންވެސް ހުރެއެވެ .ތިރީގައި މިޔާންކުރަނީ ތ ސުކުން ކުރެވޭ ހަމަތަކެވެ.
' -4.1ތ' ގައި ސުކުންކުރެވޭ ފުރަތަމަ ތަނަކީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ
ބަލާއިރު ތ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ ތަންތަނެވެ.
ށ .އެތް – އެތާއި ،އެތެއް މިސާލު :ހ .އަތް – އަތާއި ،އަތެއް
ރ .ގޮތް – ގޮތާއި ،ގޮތެއް ނ .ހިތް – ހިތާއި ،ހިތެއް
1.4 ގައި ބަޔާންކޮށްފައިވާގޮތަށް ކިޔޭ ލަފުޒެއް ހިމެނޭ ،ދެލަފުޒު އެކުވެގެން އުފެދިފައި ހުންނަ
ލަފުޒުގެ މެދުތެރެއަށްވެސް އަންނާނީ ތ ސުކުނެވެ.
މިސާލު -:ހ .ހިތްވަރު (ހިތް+ވަރު) ،ށ .ނިތްކުރި (ނިތް+ކުރި) ،ނ .ވަތްގަނޑު (ވަތް+ގަނޑު)
-4.8ތ ސުކުންކުރެވޭ ދެވަނަ ހަމާގައި" ،މީ ކާފަގެ ބޯވަ" މި ޢިބާރާތުގައި ހިމެނޭ އަކުރުތަކުގެ ތެރެއިން
އަކުރެއްގެ އިބިފިއްޔަށް ނިމިފައިވާ ،ލަފުޒު އެކަހެރިކޮށް ޢާއްމުކުރާއިރު މެދުތެރެއަށް އަންނަ
ސުކުނަކީ ތ ސުކުނަކަށް ވެއެވެ.
ށ .ބުރަކި – ބުރަތްކާއި ،ބުރަތްކެއް މިސާލު :ހ .ނިޔަމި – ނިޔަތްމާއި ،ނިޔަތްމެއް
ރ .ކަގި – ކަތްގާއި ،ކަތްގެއް ނ .ގޮފި – ގޮތްޕާއި ،ގޮތްޕެއް
ޅ .ކަވި – ކަތްވާއި ،ކަތްވެއް ބ .އޮބި – އޮތްބާއި ،އޮތްބެއް
" މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ލަފުޒު ނިމިފައި އޮތަސް ،އެލަފުޒުގެ މެދުތެރެއަށް
ސުކުނެއް އަންނަނަމަ 4.8ގައި ބަޔާންކޮށްފައިވާ ގޮތަށް ތ ސުކުނެއް ނުކުރެވޭނެއެވެ .އެކަހެރިކުރާނަމަ ޖެހޭނީ
ލަފުޒުގެ ފަހަތަށް އެކަހެރިކުރާ އަކުރު ގުޅުވާލާށެވެ.
މިސާލު( :ހ) .އަންގި – އަންގި އާއި ،އަންގި އެއް (ށ) .ބިންބި – ބިންބި އާއި ،ބިންބި އެއް
" މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ލަފުޒު ނިމިފައި އޮތަސް ،އެލަފުޒު ނިމޭ އަކުރުގެ
ކުރިއަށް އިބިފިއްޔެއް އަންނަނަމަ 4.8ގައި ބަޔާންކޮށްފައިވާ ގޮތަށް ތ ސުކުނެއް ނުކުރެވޭނެއެވެ .މެދުތެރެއަށް
އަންނާނީ އ ސުކުނެކެވެ .އެއީ ކ ގައި ފިލިޖަހައިން ބަސްހަމަކުރެވޭތީއެވެ.
(ށ) .ތިބި – ތިއްބޭ ( ،ނ) .ތިކި – ތިއްކޭ ،ތިއްކެއް މިސާލު( :ހ) .ހިކި – ހިއްކޭ ،ހިއްކެއް
" މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ނިމިފައި ލަފުޒުގެ މެދުތެރެއަށް ހުސްނޫނެއް
އަންނަނަމަވެސް 4.8 ،ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރަންޖެހޭނީ ތ ސުކުނެވެ .މިފަދަ ލަފުޒުތައް އެކަހެރިކޮށް
ޢާއްމުކުރާއިރު ތ ސުކުން އޮންނާނީ ހުސްނޫނުގެ ފަހަތުގައެވެ.
މިސާލު( :ހ) .ދޯނގި – ދޯނތްގާއި ،ދޯނތްގެއް (ށ) .އަނބި – އަނތްބާއި ،އަނތްބެއް
(ނ) .ތާނގި – ތާނތްގާއި ،ތާނތްގެއް (ރ) .ގޮނބި – ގޮނތްބާއި ،ގޮނތްބެއް
މަޢުލޫމާތުނެގި ލިޔުންތައް